Saturday, October 31
އަ ރެސިޑެންސް ބައި އިންވެސްޓްމެންޓް ޕުރޮގުރާމު ކުރިއަށްގެންދިއުމަށް ސޮއިކޮށްފި

ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއް ޤާއިމް ކުރުމަށް ސަރވިސަސް އެގްރީމަންޓެއްގައި ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏަކާ ދެމެދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި މިހާރު ކުރިއަށްގެންދާ ސިންގަޕޫރު-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިންނެވެ. އަ ރެސިޑަންސް ބައި އިންވެސްޓްމަންޓް ޕުރޮގުރާމު ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވަނީ ސިންގަޕޫރުގެ ހެންލޭ އެންޑް ޕާޓްނާސް އާއެކު އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ސޮއިކުރެއްވިއިރު، އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޕާޓްނާ ހެންލޭ އެންޑް ޕާޓްނާސް މިޑްލް އީސްޓް، ފިލިޕް އާމަރަންޓީ އެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓައް މަގުތައް ފަހިވެ، ދިރިއުޅުމަށާއި އިންވެސްޓްކުރުމަށް ޕްރިމިއަމް މަންޒިލަކަށް ރާއްޖެ ވެގެންދާނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު