Monday, November 2
ޖުލައި މަހުން ފެށިގެން ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކުރަނީ
ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޘުންނަށް ދައުލަތުން ދޭ އިނާޔަތް ދެ ގުނަ ބޮޑުކޮށް، ޖުލައި އެކަކުން ފެށިގެން ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ. އެމަނިކުފާނު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދާއި އެއްގޮތަށް ނިންމި ނިންމުމެއް ކަމަށެވެ.

ހާފިޘުންނަށް މިހާރު ލިބެނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. އެހެންކަމުން ދެން އެ އިނާޔަތް 4،000 ރުފިޔާ އަށްވުރެ މަތިވާނެއެވެ.

ހާފިޘްކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ޚާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޘުންނަށް ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު