މ.ކޮޅުފުށީގައި އަޅާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމިއްޖެކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.
ކޮޅުފުށީގައި އަޅާ 100 ހައުސިންގް ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެވެ.
މ. ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ނިމިފައި #HousingProjects pic.twitter.com/5iAgjRT4J7
— Ministry of Construction, Housing & Infrastructure (@MoCImv) June 10, 2025
ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރުއެވެ. އެހެން ނަމަވެސް ކޮވިޑް އާއި ގުޅިގެން އަލުން މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ކޮޅުުފުށީގައި އަޅާ ހައުސިންގް ޔުނިޓްގައި 3 ކޮޓަރިއާއި، ފާހާނާ، ސިޓިންގް ރޫމް، ދޮންނަ ތަނެއް އަދި ގުދަނެއް ހުންނާނެއެވެ.
މިއީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
މަސައްކަތުގެ އަގަކީ، ޖުމުލަ 121612127.97 ރުފިޔާއެވެ.
މި ލިޔުން ކިޔާލުމުން