Saturday, October 31
ރައީސް ލައިބާއަށް މަރުހަބާ ވިދާޅުވުމަކީ ލިބިލެއްވި ހިތްވަރެއް ކަމަށް މަހްލޫފް ވިދާޅުވެއްޖެ

ރާއްޖޭގެ އެންމެ އުންމީދީ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ، 13 އަހަރުގެ ލައިބާ އަހުމަދު މަހުލޫފު (އެލީ) އާމޭނިއާގައި ބޭއްވުނު ޔޫތް އޮޕަންގައި ހޯދި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވުމަކީ ލިބިލެއްވި ބޮޑު ހިތްވަރެއް ކަމަށް އެމްޑީޕީ ސަރުކާރުގެ ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ލައިބާ ވަނީ އާމޭނިއާގެ ވެރިރަށް ޔެރެވަންގައި ބޭއްވުނު "އާމޭނިއާ ޔޫތް އޯޕަން 2025" ގައި 13 އަހަރުން ދަށުގެ އުމުރުފުރާގެ ހުރިހާ ކެޓަގަރީއަކުން (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް) ރަން މެޑަލް ހޯNewދާފައެވެ. މިއީ ބެޑްމިންޓަން ޔޫރަޕުގެ ކަލަންޑަރުގައި ހިމެނޭ މުބާރާތެއް ކަމަށްވާއިރު، މުބާރާތުގައި އާމީނިއާ، ދިވެހިރާއްޖެ، ޖޯޖިއާ، ސައިޕްރަސް، ރަޝިއާ އަދި ޔުކްރެއިންގެ 92 ކުޅުންތެރިން ބައިވެރިވިއެވެ.

މަހްލޫފް މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ބައިނަލްއަޤުވާމީ މުބާރާތްތަކާއި އަދި ޤައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ އަރުތަ ޕްރޮގްރާމުގައި ހިމަނުއްވާދެއްވިކަމަށްޓަކައި މަނިކުފާނަށް އަދި ކުޅިވަރާއިބެހޭ ވަޒީރު ރާފިއުއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން" ކަމަށެވެ.

https://twitter.com/AhmedMahloof/status/1931734156624413100?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E‎1931734156624413100%‎7Ctwgr%5Eb16075455f9fee740247964577697fab405ece‎99%‎7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F‎1245734%‎2F

ރައީސް މުއިއްޒު ވަނީ ލައިބާގެ މި ކާމިޔާބީއަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ.

މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ "اللَّهْ އިރާދަފުޅާއެކު އިތުރު ކާމިޔާބީއަށް ވާސިލުވުމަށް މަސައްކަތްކުރާނަން" ކަމަށެވެ. މި ކާމިޔާބީއަކީ ދިވެހި ބެޑްމިންޓަންގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު