Saturday, October 31
އަރމޭނިއަން ޔޫތު އޯޕަންގައި ލައިބާ ހޯދި ކާމިޔާބީއަކީ ދިވެހި ޤައުމަށް ލިބުނު ބޮޑު ފަޚުރެއް: ރައީސް

އަރމޭނިއަން ޔޫތު އޯޕަންގެ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ އަހުމަދު މަޚްލޫފް ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އަރމޭނިއާގެ ވެރިރަށް ޔެރެވާންގައި ފާއިތުވި ދުވަސްތަކުގައި ބޭއްވުނު މި މުބާރާތުގައި ލައިބާ ވަނީ ތިން ރަން މެޑަލް ހާސިލްކޮށްފައެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސް މުޢިއްޒު ވަނީ ލައިބާއަށް ސާބަހާއި މަރުޙަބާ ދަންނަވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި ޖޫނިއަރ ކުޅުންތެރިއަކު ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށާއި، ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް މިއީ ނަމޫނާއެއް ކަމަށެވެ.

"އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

https://twitter.com/MMuizzu/status/1931718549019763138

މިވަގުތު ރާއްޖޭގައި ހުރި 13 އަހަރުން ދަށުގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ކަމަށްވާ ލައިބާ ވަނީ މީގެ ކުރިން ވެސް ބައިނަލްއަޤްވާމީ މުބާރާތްތަކުން މެޑަލް ހޯދާފައެވެ. މިގޮތުން މިދިޔަ އަހަރު ބޭއްވި އަރްމީނިއަން ޔޫތު އޯޕަންގައި އެއް ރިހި މެޑެލް އާއި ލޯ މެޑެއްޔެއް ހޯދިއެވެ. އަދި މިދިޔަ އޭޕްރީލް މަހު ބޭއްވި އިޓަލީ މުބާރާތުން ދެ ބްރޯންޒް މެޑެލް ހާސިލްކުރިއެވެ.

ލައިބާ އަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގައި ހިމެނޭ އެތުލީޓެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު