Saturday, October 31
ރިމާންޑު ސެންޓަރުތަކަށް 178 މީހަކު ނަގައި ފަރުވާދޭން ފަށައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކުން 178 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ރިމާންޑު ސެންޓަރުތަކަށް ފޮނުވައި މަސްތުވާތަކެއްޗަށް ދެވިހިފުމުން ސަލާމަތްވުމަށް ދޭންޖެހޭ ފަރުވާ ދޭން ފަށައިފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގެ ޗެއާޕާސަން ލުބުނާ ޒާހިރު ވިދާޅުވެފައިވަނީ ރިމާންޑު ސެންޓަރުތަކަށް ގެންގޮސްފައިވާ 178 މީހުންގެ ތެރެއިން ގިނަ މީހުންނަށް މިހާރު ވަނީ ފަރުވާ ދޭން ފަށާފައި ކަމަށެވެ. "ފަރުވާ ނުފެށި ތިބީ ވަރަށް މަދު ބައެއް، އެއީ ކްރިމިނަލް ކޯޓުގައި އެ މީހުންނާ ގުޅުންހުރި މައްސަލަތައް ކުރިއަށްދާތީ" ލުބުނާ ވިދާޅުވިއެވެ.

އާންމުކޮށް ރިމާންޑު ސެންޓަރުތަކަށް ގެންދަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުންނާއި، ކުޑަކުދިން ދިރިއުޅޭ ގެދޮރުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ. މި މަސައްކަތް ސަރުކާރުން ފެށީ އޮކްޓޯބަރު މަހުއެވެ. އަދި މި މަސައްކަތާ ގުޅިގެން މަގުމަތީގައި މަސްތުވެގެން އުޅޭ މީހުންގެ އަދަދު ވަނީ މަދުވެފައެވެ.

ލުބުނާ އިތުރަށް ވިދާޅުވި ގޮތުގައި ރިމާންޑަށް ގެންދާ މީހުންނަށް ފަރުވާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދިގު މުއްދަތުގެ ފަރުވާ ފޯރުކޮށްދީގެން އެ މީހުން އަނބުރާ މުޖުތަމަޢަށް ނެރުމަށެވެ.

މި ސަރުކާރުން ވަނީ މީހުން ދިރިއުޅޭ ތަންތަނާ ކައިރިން މަސްތުވާތަކެއްޗަށް ފަރުވާކުރުމުގެ ޚިދުމަތް ދިނުމުގެ ގޮތުން ގިނަ ރަށްތަކެއްގައި ރިމާންޑު ސެންޓަރުތައް ޤާއިމުކޮށްފައެވެ. މިގޮތުން ގދ.ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ރިމާންޑު ސެންޓަރުތައް ވަނީ ހުޅުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު