Saturday, October 31
ދިވެހި ހުރިހާ ހައްޖުވެރިން މުޒްދަލިފާއަށް ދިޔުމަށް ތައްޔާރުވެއްޖެ

މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފައިވާ 1000 ދިވެހި ހައްޖުވެރިން މުޒްދަލިފާއަށް ދިޔުމަށް ތައްޔާރުވެއްޖެއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓަކުންނެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި މާތްﷲގެ ރަހުމަތްފުޅުން ދިވެހި އެންމެހައި ހައްޖުވެރިންގެ ހާލު ރަނގަޅެވެ. އަދި އަރަފާތުގައި ތިބުން ފުރިހަމަކޮށް މުޒްދަލިފާއަށް ދިއުމަށް ހައްޖުވެރިންވަނީ ތައްޔާރުވެފައެވެ.

ހައްޖު މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ. އަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ.

https://twitter.com/Mohamedshaheem1/status/1930646552239833489

މުޒްދަލިފާގައި ރޭކުރުމަށްފަހު ހައްޖުވެރިން ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އޭގެފަހުން މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާ ދެމެދު ސައުޔުކުރުމަށެވެ.

ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ތަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ދިވެހި ހުރިހާ ހައްޖުވެރިން ވެސް ހައްޖުގެ އަޅުކަމަށް ސައުދި އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކަމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު