Saturday, October 31
ޢީދު ބަންދުގައި ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ފްރޮންޓް އޮފީސް ބަންދުވާނެ

މިއަހަރުގެ ޙައްޖު ދުވަހާއި އަޟްޙާ ޢީދުގެ ޚާއްޞަ މުނާސަބަތާ ގުޅިގެން ކުންފުނީގެ ކަސްޓަމަރ ސަރވިސް ފްރޮންޓް އޮފީސް ވަގުތީގޮތުން ބަންދުވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު އިޢުލާނު ކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ، މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރ ސަރވިސް ފްރޮންޓް އޮފީސް ބަންދުވެފައި ހުންނާނެ ކަމަށެވެ. ނަމަވެސް، މި މުއްދަތުގައިވެސް ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެކަމަށް ސްޓެލްކޯއިން ވަނީ ހާމަކުރައްވާފައެވެ.

ސްޓެލްކޯގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ދިމާވެއްޖެނަމަ، ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 1545 އަށް ގުޅުއްވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޢީދު ބަންދާ ގުޅިގެން ސަރުކާރުގެ ގިނަ އިދާރާތަކުގެ ޚިދުމަތްތައް މެދުކެނޑިފައިވީ ނަމަވެސް، އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރުން ފަދަ މުހިންމު ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު