Saturday, October 31
ކުޑަކުދިންނަށް ޚާއްޞަ ފޮތް މައުރަޒެއް އިސްލާމީ މަރުކަޒުގައި ފަށައިފި

ކުޑަކުދިންނަށް ޚާއްޞަ ފޮތް މައުރަޒެއް އިސްލާމީ މަރުކަޒުގައި ފަށައިފިއެވެ.

"ކުޑަކުދިންގެ ބުކްފެސްޓް 2025″ ނަމުގައި ކުރިއަށް ގެންދާ މި މައުރަޒަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދަގަތަ ޕަބްލިޝާސް އަދި ކޮއްކޮމެން ޕްރީ ސްކޫލް ގުޅިގެން ކުރިއަށް ގެންދާ ފޮތް މައުރަޒެކެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި ތަފާތު އެކި ވައްްތަރުތަކުގެ ފޮތްތައް މި މައުރަޒުގައި ލިބެން ހުރިއިރު މިއީ ކުދިންގެ ހިތްތަކުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށާއި އެކި ވައްތަރުގެ ފޮތްތައް އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ މައުރަޒެކެވެ.

މި މައުރަޒު ހުޅުވިފައި ހުންނާނީ މާދަމާގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 13:30 އިން 15:00 އަށް، 16:00 އިން 18:00 އަށް އަދި 20:00 އިން 22:45 އަށެެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު