Saturday, October 31
މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސަރަޙައްދުގެ ހަތަރު މައިދާނެއްގައި ބޮޑު ޖަމާޢަތުގައި ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ސަރަޙައްދެވެ.

މީގެ އިތުރުންވެސް މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން އަންނިވި މިސްކިތްތަކުގައި ކުރާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

  1. މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
  2. މަސްޖިދު މަލިކި ސަލްމާން
  3. މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
  4. މަސްޖިދުލް ފުރްޤާން
  5. މަސްޖިދުއް ނޫރު
  6. މަސްޖިދުއް ޝަހީދު ޢަލީ
  7. މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
  8. މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
  9. މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  10. މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
  11. މަސްޖިދު ޞަލާޙުއްދީން
  12. މަސްޖިދު ޖަލާލުއްދީން
  13. މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
  14. މަސްޖިދު އިސްކަންދަރު
  15. ވަގުތީ މިސްކިތް (ބޮޑުގެ)
  16. މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
  17. މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
  18. މަސްޖިދު ޢަފީފުއްދީން
  19. ޒިޔާރަތް މިސްކިތް
  20. މަސްޖިދުލް ބިއްރި (ވިލިމާލެ)
  21. މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
  22. ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
  23. މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
  24. މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
  25. މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
  26. މަސްޖިދުއް ސަބީލް (ހުޅުލެ)
  27. މަސްޖިދުލް އިންތިޞާރު (ހުޅުލެ)

ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހެނދުނު 7:00 ގައެވެ. 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ، 06 ޖޫން 2025 ވާ ހުކުރު ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު