އާދިއްތަ, November 1
އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އެ ޤައުމުގެ ރައީސް އިލްހާމް ހެއިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު ޢަލީ ހިދާޔަތު އޮގްލޫ އަސަދޯވް އަށް ފޮނުއްވައިފިއެވެ. މި ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ މި ތާރީޚީ ދުވަހަކީ އަޒަރުބައިޖާންގެ ރައްޔިތުންގެ ކެތްތެރިކަމާއި އެއްބައިވަންތަކަން އަދި އެ ޤައުމުގެ އިސްތިޤުލާލާ ހަމައަށް ކުރި ދަތުރު ރަމްޒުކޮށްދޭ ދުވަހެއް ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވަނީ އަޒަރުބައިޖާނުގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފަލަށް އަދި އެ ޤައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގެންފައެވެ. ރައީސް ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައިވެސް ކުރިއަށް އޮތް އަހަރުތަކުގައި އަޒަރުބައިޖާނާއެކު އެކުވެރިކަމާއި އެއްބާރުލުން ބަދަހިކުރުމަށް ރާއްޖެއިން ތައްޔާރުކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަޒަރުބައިޖާނުގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 28 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު