Saturday, October 31
މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް އަލުން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ. މިގޮތުން ހުސްވެފައިވާ ތިން މަޤާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ދައުވަތު ޔޫތު މިނިސްޓްރީން ވަނީ ދީފައެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މީޑިއާ ކައުންސިލްގެ އާންމު މެންބަރެއްގެ މަޤާމާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ މަޤާމު މިހާރު ވަނީ ހުސްވެފައެވެ. މި ތިން މަޤާމަށް މެންބަރުން އިންތިޚާބުކުރުމަށް ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް މީޑިއާތަކުން ކުރިމަތިލި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓެއްގެ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ.

މިކަމާ ގުޅިގެން، މީޑިއާތަކުން އިންތިޚާބުކުރަންޖެހޭ ދެ މަޤާމަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު ވެސް ވަނީ އާންމުކޮށްފައެވެ.

މި ތިން މަޤާމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން 27 މެއި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީގެ ވެބްސައިޓުގައިވާ "މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ޔޫތު މިނިސްޓްރީން އެދިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު