ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން 8 އަތޮޅަކަށް ރީނދޫ އެލާރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ އެލާޓް ނެރެފައިވަނީ ރ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް މިއަދު 11:30އާއި ހަމައަށެވެ.
Alert Yellow for torrential rain and thunderstorms. pic.twitter.com/WsdVD42JAN
— Maldives Meteorology (@MetMaldives) May 19, 2025
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތިން ދުވަސް ކަމަށްވާ މިމަހުގެ 18، 19 އަދި 20 ވަނަ ދުވަހާ ހަމައަށް އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
Alert white for heavy rain,strong winds and rough seas extended. pic.twitter.com/W8FzJNuzfd
— Maldives Meteorology (@MetMaldives) May 19, 2025
"އަދި މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެތެރެއަށާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ،" މެޓުން ބުންޏެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއަދު ރާއްޖޭގެ ދެކުނަށް ވަނީ ވިއްސާރަކޮށްފަ އެވެ. އެގޮތުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހިސާބަށް ވައިޓް އެލާޓް ވެސް ނެރެފައިވެ އެވެ.
މި ލިޔުން ކިޔާލުމުން