Saturday, October 31
މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައި ތިބި އެންމެނަށް ޖާގަ ދީފަ

މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ޖާގަ ދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މި އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވީ މާރިޗް މަހުގެ 24 ވަނަ ދުވަހު އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވި ގޮތަށް މި އަހަރަށް ކިއުގައި ތިބި އެންމެނަށް ހައްޖަށް ދިއުމަށް ޖާގަ ދީފައިވާ ކަމަށެވެ. އަދި މިއަހަރުގެ ކޯޓާގެ ތަފްޞީލު މި މަހުގެ 26 ވަނަ ދުވަހު އިޢުލާނު ކުރާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ޖާގަ ދީފައިވާއިރު، މިއީ ޒަމާންތަކަކަށް ފަހު އެ އަހަރެއްގައި ހައްޖަށް ދިއުމަށް ކިއުގައި ޖެހިފައި ތިބި އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރެވެ.

ސަރުކާރުން ދަނީ ޙައްޖުގެ އިންތިޒާމުތައް ފުރިހަމަކޮށް ވީހާވެސް ހެޔޮ އަގެއްގައި ދިވެހީންނަށް ޙައްޖަށް ދެވޭނެ މަގު ފަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ޙައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ކޯޓާ ދޫކުރުން ހުއްޓައިލާ، ހައްޖަށް މީހުން ގެންދާ ހަމައެކަނި ކުންފުނީގެ ގޮތުގައި ހައްޖު ކޯޕަރޭޝަން ހަމަޖައްސާފައިވަނީ ވެސް މި މަޤްޞަދުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު