Saturday, October 31
ކާޑެއްދޫ އެއާޕޯޓުގެ ހުވަނީގެ މައްސަލަ ހައްލުކުރަން އެހީތެރިކަން ދީފި

ކާޑެއްދޫ އެއާޕޯޓްގައި ހުވަނި ގިނަވެ، އެކަމުގެ ކަންބޮޑުވުންތައް ހައްލުކުރުމަށް، ހުވަނި ކޮންޓުރޯލް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ފޯރުކޮށްދީފައެވެ.

ކާޑެއްދޫ އެއާޕޯޓުގައި ހުވަނި ގިނަވެ، އެކަން ކޮންޓްރޯލުކުރުމަށް މިނިސްޓްރީއަށް ކާޑެއްދޫ އެއާޕޯޓުން ސިޓީއެއް ނުވަތަ މެއިލްއެއްވެސް އައިސްފައެއް ނުވެއެވެ. މި ކަން މިވުޒާރާގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލްމީޑިއާގެ ޒަރީއާއިން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މައްސަލަ މި ވުޒާރާގެ ސަމާލުކަމަށް އައުމާއިއެކު މި ވުޒާރާގެ ކަމާއިގުޅުންހުރި އިދާރާއިންވަނީ އެ އެއާޕޯޓަށް ގުޅުއްވާ، އެތަނުގައި މީގެކުރިން އެކޮޅުން ޢަމަލުކުރައްވާފައިވާގޮތް ބައްލަވައި، އިތުރަށް ކުރެވިދާނެ ކަންކަމާއިގުޅޭގޮތުގެ މައުލޫމާތު ވަނީ ދެއްވާފައެވެ. އަދި ހުވަނި ކޮންޓްރޯލްކުރުމާއި ބެހޭ ފަންނީ މަޢުލޫމާތު ކަރުދާސް އެ އެއާޕޯޓަށް ވަނީ މެއިލްކޮށްފައެވެ.

މީހުން ދިރިއުޅޭރަށްތަކުގައި ހުވަނި ކޮންޓްރޯލް ކުރުމަކީ ރަށުކައުންސިލްގެ ޒިންމާއެކެވެ. އެހެންނަމަވެސް އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްްޓްރީން ފޯރުކޮށްދޭނެ ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން ސިނާއި މަސައްކަތްކުރާ ރަށްތަކުގައިވެސް ހުވަނި ކޮންޓްރޯލްކުރުމަށް އެ އެރަށެއް މެނޭޖްކުރައްވާ ފަރާތްތަކުން ދުރާލާ ތައްޔާރުވުން މުހިންމު ކަމަށާޢި މިފަދަ ފަރާތްތަކަށްވެސް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު