Saturday, October 31
އޮސްޓްރޭލިއާ ގައި ހާލުގައި ޖެހިފައިވާ ދިވެއްސަކު އެހީ އަށް އެދެފި

ހުޅަނގު އޮސްޓްރޭލިޔާގެ ނޯތްބްރިޖްގައި ދިވެއްސަކު ހާލުގައި ޖެހި މަގުމަތިވެފައިވާތީ، އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފިއެވެ.

ގެދޮރު ނެތް މީހުންނަށާއި ގެދޮރު ގެއްލުމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒެއް ކަމަށްވާ "ރުއާ އެންގޭޖްމަންޓް ހަބް" އިން ވަނީ ފަތުހުﷲ އިބްރާހިމް ނަމަކަށް ކިޔާ ދިވެއްސަކު މަގުމަތިވެފައިވާތީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓްރީއަށް ސިޓީ ފޮނުވާފައެވެ.

ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ފަތުހުﷲ އިބްރާހީމްއަކީ މިހާރު ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައި ހުރި މީހެކެވެ. އޭނާއަށް ވަގުތީ ހިޔާވަހިކަން ލިބޭނެ އެންމެ ތަނެއް ހުރި ނަމަވެސް، އެތަނަށް ޑިމާންޑު ބޮޑުކަމުން އޭނާ ބެހެއްޓޭނީ އެންމެ ހަފްތާއެއްގެ މުއްދަތަށް ކަމަށް ބުނެފައިވެއެވެ. އަދި އެތަނަށް ވެސް ވަދެވެނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށް އެކަނި ކަމަށް ބުނެފައިވެއެވެ.

ރުއާ އިން އެ ހާލުގަ ޖެހުނު ދިވެހި މީހާ އަށް އެހީވުން އެދި އިސްލާމިކް މިނިސްޓްރީއަށް ދަންނަވާފައި

ފަތުހުﷲ އިބްރާހީމްއަކީ އޮސްޓްރޭލިޔާގެ ރައްޔިތެއް ނޫން ކަމަށްވުމާއެކު، އޭނާއަށް ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ. މިހެންވުމުން، އޭނާ ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައި ހުރުމަކީ އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށާއި، އެކި ބާވަތުގެ އަނިޔާއާއި ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މި ހާލަތުގައި، ފަތުހުﷲ އިބްރާހީމްއަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއަށް އެ ސިޓީގައި އިލްތިމާސްކޮށްފައިވެއެވެ.

ރުއާ އެންގޭޖްމަންޓް ހަބްއިން ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ މީހުންނަށް ހިދުމަތް ފޯރުކޮށްދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު