މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި ހަ ނަމެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ބްރޯޑްކޮމް މެންބަރުކަމަށް އެމަނިކުފާނު ނަންތައް ހުށަހެޅުއްވީ، އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގެ ނިޔަލަށް ހަމަވާތީއެވެ.
ރައީސް މުއިއްޒު ވަނީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ނަންތައް މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އެ ނަންތަކަކީ:
- ޒަމްއަތު އަހުމަދު ވަހީދު/ މަލަ، ގދ. ތިނަދޫ
- އިބްރާހީމް އަޝްރަފް/ ވ. މަށަވެލި
- މޫސާ ރިޟްވާން/ މ. ހާވިލާ
- ޒީނާ ޒާހިރު/ އަތިރިގޭ، ގދ. ގައްދޫ
- އަލީ ޔޫސުފް/ ބާރަނާ، ޅ. ހިންނަވަރު
- ޝިމްލާ އަހުމަދު/ އާސްޓްރަލްގެ، ސ. ހިތަދޫ
މި ހުރިހާ ބޭފުޅުންވަނީ ކުރިން ހުސްވި މެމްބަރުކަމަށްވެސް ކުރިމަތިލައްވަފައެވެ.
އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ހަ މެންބަރުންނެވެ. އެއީ، އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހީމާއި، ސޮފާ ޝަފީގު، މުހައްމަދު އަބްދުﷲ އާއި އާމިނަތު ނުޒުހާ އަދި އާމިނަތު ސަރާހަތު އިއްޒަތުއެވެ. އޭގެ ތެރެއިން ރައީސަކީ ސޮފާއެވެ.
މި ލިޔުން ކިޔާލުމުން