Saturday, October 31
ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް ޖަމިއްޔާތަކާއި އެކު މަޝްވަރާކޮށްފި

މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކުގެ މައްސަލައިގައި އެކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި އެކު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މަޝްވަރާކޮށްފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގައި ބޭއްވި މި މަޝްވަރާގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅެމުންދާ ބުޅާތަކުގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ބުޅަލުގެ ނަޖިސް ގިނަވެ އާންމު އުނދަގުލަކަށް ވެފައިވުމުން އެކަން ހައްލުކރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި "އޮޅުހިޔާ" އިތުރަށް ތަރައްޤިކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައްވެސް ޖަމިއްޔާތަކާއި ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ކަމާއި ގުޅުހުންހުރި ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުން ބައިވެރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު