ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 31 އިންސައްތަ ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ބަނދަރުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ގިނަ މަޝްރޫޢުތަކުގެ ތެރެއިން މުހިއްމު އެއް މަޝްރޫޢެވެ. ޖުމްލަ 48،588،167.46 ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ ދަށުން، މިހާތަނަށް ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތުގެ %100 ވަނީ ނިމިފައެވެ. މިވަގުތު ކުރިއަށްދަނީ ހިނގާ ދުވާރު އެޅުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން މައުލޫމާުދެއެވެ.
ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ %31 ވަނީ ނިމިފައި
Images via: @MTCCPlc #HarbourProjects pic.twitter.com/MlSRoUmdIF
— Ministry of Construction, Housing & Infrastructure (@MoCImv) May 6, 2025
މަޝްރޫޢުގެ ދަށުން ބަނދަރު ފުޅާކުރުމާއި، ވަށައިގެންވާ ސަރަޙައްދު ތަރައްޤީކުރުމުގެ އިތުރުން، ޒަމާނީ ބަނދަރު ބައްތިތަކެއް ހަރުކުރެވޭނެއެވެ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރެވުމުން ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ވަދެނިކުމެވޭނެއެވެ. އަދި މަސްވެރިކަމާއި ވިޔަފާރިއަށް ވެސް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރަށު ރައްޔިތުން އުއްމީދުކުރެއެވެ.
މި ލިޔުން ކިޔާލުމުން