Saturday, October 31
މި ސަރުކާރު ކުރިއަށް ދާނީ ރައީސްގެ ކެތްތެރިކަމާއި އިޚްލާޞްތެރިކަމުން ނަމޫނާ ނަގައިގެން: ޝަކީލް
މި ސަރުކާރު ކުރިއަށް ދާނީ ރައީސްގެ ކެތްތެރިކަމާއި އިޚްލާޞްތެރިކަމުން ނަމޫނާ ނަގައިގެން ކަމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޝަކީލް މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ޝަކީލް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ކެތްތެރިކަމާއި އިހުލާސްތެރިކަަމުގެ ރިވެތި އަޚުލާގު ފެނިފައިވާ ކަމަށެވެ. ނަމަވެސް އިއްޔެ 15 ގަޑިއިރު ވަންދެން ނޫސްވެރިންނާ ބައްދަލުކުރައްވައި ކެތްތެރިކަމާއެކު މުޅި ދުނިޔެ ކުރިމަތީގައި ދެއްކެވި ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ ކަމުގައިވެސް ޝަކީލް ވިދާޅުވިއެވެ. މީގެ އިތުރުން އިތުރުން ޝަކީލް ވިދާޅުވީ މި ސަރުކާރު ކުރިއަށް ދާނީ ރައީސްގެ ތިޔަ ކެތްތެރިކަމާއި އިޚްލާޞްތެރިކަމުން ނަމޫނާ ނަގައިގެން ކަމަށެވެ. "ޝުކުރިއްޔާ ރައީސް ތިޔަ ދެއްކެވި ރިވެތި އަޚުލާގަށް"، ޝަކީލް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު