Saturday, October 31
ފިތުނަ ފަތުރަމުން ސުވަރުގެ ހަރާން ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ފިތުނަ ފަތުރަމުން ސުވަރުގެ ހަރާން ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން ކަމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޝަކީލް މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ޝަކީލް ވިދާޅުވީ ސިޔާސީ ވުމާ ވެރިކަމުގެ ޖާހަތަށް ދަހިވެތިވެ ޒާތީ ވުމަކީ ތަފާތު ދެކަމެއް ކަމަށާއި، ގޭގެ ސިޓިންގރޫމްގައި ތިބެ ލައިވް ޓީވީގައި ސިޔާސީ ހަރަކާތުގެ ނަމުގައި ފިތުނަ ފަތުރަމުން ސުވަރުގެ ހަރާން ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން ކަމަށެވެ. ޝަކީލް ވިދާޅުވީ އެއަށް ކިޔަނީ ވެރިކަމުގެ ޖާހަތަށް ދަހިވެތިވެ ހަމަ ބުއްދި ފިލައިގެން ދިޔުން ކަމަށާއި، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ދެއްކޭނެ ވާހަކައެއް ނެތުމުން، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިތުބާރު ގެއްލިފައިތިބި މީހުން ނުކުމެ މި ފެންވަރަށް ވެއްޓުމުން ރައްޔިތުން ކުރިމަތީގައި އިތުރަށް ބަދުނާމުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ. ޝަކީލް މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން، ރޭ ކުރިއަށްގެންދިޔަ ޖަލްސާގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ރައީސް ޑރ. މުޢިއްޒަށް އަމާޒުކޮށް ދެއްކި ވާހަކައާ ގުޅިގެންނެވެ. މިހާރު ދައުރުވަމުންދާ ވީޑިއޯގައި ޑރ. ޖަމީލް ވިދާޅުވަނީ މަކަރު ހަދާ މީހުންގެ މައްޗަށް ﷲ ސުވަރުގެ ހަރާން ކުރައްވާނެ ކަމަށް ހަދީސްގައި އަންގަވާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު