Saturday, October 31
ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާމްދަނީ ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން ޓިކްޓޮކާ މަޝްވަރާކުރަނީ
ދުނިޔޭގެ އެންމެ މަޝްހޫރު އެއް މީސްމީޑިއާ މަންސަ ކަމަށްވާ ޓިކްޓޮކްގެ އިސް ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ. އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ ޓިކްޓޮކްގެ އިސް ވަފުދެއް މިއަދު އެ ވުޒާރާއަށް ވަޑައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދިދާނެ މަގުތައް ހުޅުވުމަށްޓަކައި ޓިކްޓޮކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ޓިކްޓޮކާ މަޝްވަރާކުރަމުން ގެންދާ ކަމަށެވެ. ކުރިއަރަމުން އަންނަ، އުފެއްދުންތެރި އިޤުތިޞާދެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މުހިންމު ވަޢުދުފުޅެއްކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. ޓިކްޓޮކަކީ ރާއްޖޭގައިވެސް ގިނަ ބަޔަކު ބޭނުންކުރަމުންދާ، އެންމެންގެ މެދުގައިވެސް ވަރަށް މަޤްބޫލް މަންސައެކެވެ. މިގޮތުން ޓިކްޓޮކްގައި އުޅޭ ބައެއް ދިވެހީންވެސް ދަނީ އެ މަންސަ މެދުވެރިކޮށް ކޮންޓެންޓް އުފައްދައި، އާމްދަނީ ހޯދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު