Saturday, October 31
މާލޭގައި ރޯދަ މަހު ތަރާވީޙް ނަމާދުކުރި ޒުވާން ޙާފިޡުންނާއި އިމާމުންގެ އަގުވަޒަންކޮށްފި

1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭ ސިޓީގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރި ޒުވާން އިމާމުންނާއި ޙާފިޡުންގެ އަގުވަޒަންކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަނީ އިމާމުންނާއި ޙާފިޡުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން އަރުވައިފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އިމާމުންނާއި ޙާފިޡުންނަށް ހަނދާނީ ލިޔުން ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ ޒުވާން އިމާމުންނާއި ޙާފިޡުން ކުރި މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާ ކުރައްވައި، އެ ފަރާތްތަކަށް ހިއްވަރު ދެއްވާފައެވެ. އަދި މި ރޮނގުން ކުރިއަށް ދިއުމަށް ގިނަ ނަސޭޙަތްތަކެއް ވަޒީރު ވަނީ ދެއްވައިފައެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންވެސް ވަނީ ބައިވެރިވެލައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު