ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އެދެފިއެވެ.
ކަނޑު ގަދަވެ 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށް ނެފެރައިފާ ހުދު ސަމާލު ނެރުނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:30 އަށެވެ.
Alert White for strong winds of 19 – 24 mph with rough seas. pic.twitter.com/HVe5tCE7AL
— Maldives Meteorology (@MetMaldives) April 10, 2025
މި ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައެވެ. މިއަދުން ފެށިގެން މިހާރަށްވުރެ ވައި ވެސް ގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
އިއްޔެ މާލެއަށް ވާރޭވެހި ފެން ވެސް ބޮޑުވިއެވެ.
ހުކުރު ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މި ލިޔުން ކިޔާލުމުން