Saturday, October 31
ވޭވަށު ސްކޫލްގެ ނުނިމި ހުރި މަސައްކަތްތައް ފެނަކައާ ހަވާލުކޮށްފި
ރާއްޖޭގެ 18 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން މ. ވޭވަށު ސުކޫލްގެ މަސައްކަތް ނިންމުމަށް ތަޢުލީމީ ވުޒާރާއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ތަޢުލީމީ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު އެވެ. އަދި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ. މީގެ އިތުރުން 17 ސްކޫލެއްގެ ނުނިމި ހުރި މަސައްކަތް ތަޢުލީމީ ވުޒާރާއިން ވަނީ އެމްޓީސީސީ އަދި އާރުޑީސީ އާ ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު