Saturday, October 31
އައްޑޫގައި ފެނުނު ބިދޭސީގެ މަރުގައި ޝައްކުކުރެވޭ ކަމެއް ނެތް: ފުލުހުން

ސ. ހިތަދޫ "އާރިކިޅި" އިން މިދިޔަ ހަފުތާގައި ފެނުނު ބިދޭސީ ފިރިހެން މީހާގެ މަރާ ގުޅޭ ތަހުގީގުގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމަށްފަހު، މި މަރަކީ އެހެން ފަރާތެއްގެ އަމަލެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމަށް ފާހަގަވެފައި ނުވާ ކަމަށެވެ.

ފުލުހުން އެ ދުވަހު ބުނީ ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ ދުވަހުގެ ހެނދުނު 9:33 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

މިމަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި ބިދޭސީ މީހާ ފެނުނު އިރު، އެ މީހާ އޮތީ ހުދު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެން ކަމަށްވެ އެވެ. އަދި އެމީހާ ފެނިފައި ވަނީ އައްޑޫ ހައި ސްކޫލު ފުރަގަހުން އޮންނަ އާރިކިޅި ބްރިޖު ސަރަހައްދުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު