Saturday, October 31
ހުވަދު އަތޮޅުގެ ފަސް ރަށެއްގެ ފުލުހުންގެ މަރުކަޒުތަކާއި ޕޯސްޓުތަކުގެ ބިންގާ އަޅައިފި

ހުވަދު އަތޮޅުގެ ފަސް ރަށެއްގެ ފުލުހުންގެ މަރުކަޒުތަކާއި ޕޯސްޓުތަކުގެ ބިންގާ އަޅައިފިއެވެ.

މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. އާރުޑީސީން ރޭ ހާމަކުރި ގޮތުގައި ހުވަދު އަތޮޅުގެ 5 ރަށެއްގައި އިމާރާތްކުރުމަށް، މި ކޯޕަރޭޝަނާއި ޙަވާލުކުރި ފުލުހުންގެ މަރުކަޒުތަކާއި ޕޯސްޓްތަކުގެ ބިންގާ ވަނީ އިއްޔެ އަޅައިފައެވެ.

މިގޮތުން އިއްޔެ ވަނީ ގއ. ވިލިނގިލީ ޕޮލިސް އެކޮމަޑޭޝަނާއި، ގދ. ވާދޫ ޕޮލިސް ޕޯސްޓާއި، ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނާއި، ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަން އަދި ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފައެވެ.

މި ރަސްމިއްޔާތުތަކުގައި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހު އަލީ ނަސީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ އިތުރުން ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު