އައްޑޫ ސިޓީ އަށް ދިމަވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ސިޓީއަށް ގެންދާ 1.8 މެގަވޯލްޓޭޖްގެ އައު ޖެންސެޓް މާދަމާ އައްޑޫ ސިޓީ އަށް ގެންދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކ ކޯޕަރޭޝަނުން މިއަދު ބުނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ގެނެވުނު 1.8 ކިލޯ ވޯޓް ގެ އިންޖީނު މިހާރު ވަނީ މާލެ އިން އައްޑޫއަށް ގެންދިއުމަށް އުޅަނދަކަށް ލޯޑު ކުރެވި ފުރުވާލެވިފައިވާކަމަށެވެ.
'' 26 މާރޗް 2025 ވަނަ ދުވަހު 21:30 ހާއިރު އެ އުޅަނދު އައްޑޫއަށް ބަނދަރު ކުރުމަށް ވަނީ ތާވަލު ކުރެވިފައި" ފެނަކަ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ގެނެވުނު 1،800ކ.ވ އިންޖީނު މިހާރު ވަނީ މާލެ އިން އައްޑޫއަށް ގެންދިއުމަށް އުޅަނދަކަށް ލޯޑު ކުރެވި ފުރުވާލެވިފައެވެ. އަދި 26 މާރޗް 2025 ވަނަ ދުވަހު 21:30… pic.twitter.com/tImNCYcmyg
— Fenaka Corporation Ltd (@TeamFenaka) March 25, 2025
ފެނަކައިން ރޭ ބުނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަން ގެ 03 އިންޖީނެއް މަރާމާތުކުރުމުގެ މަސައްކަތް މިވަގުތުވެސް ކުރެވެމުންދާ ކަމަށެވެ.
އައްޑޫ ސިޓީން މި ރޯދަ މަހުވެސް އިންޖީނުތައް މަރާމާތުކުރުމަށް ކަރަންޓް ކަނަޑަން ޖެހެއެވެ. އިއްޔެވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހުނެވެ. އޭގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުން ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފެނަކައިން ބުނަނީ އައްޑޫގައި ކަރަންޓުގެ މައްސަލަ ދިމާވަނީ ޒަމާންތަކެއް ވަންދެން އިންޖީނު މަރާމާތުނުކުރުމުގެ ސަބަބުން މައްސަލަ ދިމާވެގެން ކަމަށެވެ. މި މައްސަލަތައް ހައްލުކޮށް، އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން