Saturday, October 31
ރޯދަ މަހަށް ޚާއްޞަ އައުޓްރީޗް ޕުރޮގުރާމެއް ހިންގައިފި
ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހަކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އައުޓްރީޗް ޕުރޮގުރާމު އިއްޔެ ބާއްވައިފިއެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި ކުޑަކުދިން ޝައުޤުވެރިވާނެ ފަދަ ހަރަކާތްތަކާއި، ކުޑަކުދިންގެ އެކި ހުށައެޅުންތަކާއި، ދީނީ ޢިލްމުވެރިންނާއި ސުވާލު ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވެއެވެ. މިއީ ރަމަޟާން މަހުގެ ދުވަސްތަކުގައި ކުދިންނާއި އާއްމުންނާއި ގާތުން މަސައްކަތްކޮށް، އުފާވެރި މާޙައުލެއް ޤާއިމްކޮށްދިނުމުގެ މަޤުޞަދުގައި ވުޒާރާގެ އެކި ޑިޕާޓްމަންޓުތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމުގައި އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު