Saturday, October 31
ދަނޑުވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ނިންމައިފި

ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތައް ދެނެގަތުމަށްޓަކައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ދަފްތަރެއް އެކުލަވާލުމަށް ނިންމައިފިއެވެ.

އެ ވުޒާރާއިން ބުނީ މަޢުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތަކާއި، ވިޔަފާރި އުސޫލުން ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތަކާއި، ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާ ފަރާތްތައް އަދި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ކަމަށެވެ.

އެހެންކަމުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތައް 10 އޭޕްރީލް 2025 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މި ދަފްތަރުގައި މިވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ނުހިމެނޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު