Saturday, October 31
ވޭޕް މަނާކުރުމަކީ ރައީސް އަޅުއްވާފައިވާ ހިތްވަރުގަދަ ފިޔަވަޅެއް: މަޠީން
ވޭޕް މަނާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާފައިވާ ހިތްވަރުގަދަ ފިޔަވަޅެއް ކަމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޠީން ވިދާޅުވީ ވޭޕް މަނާކުރުމަކީ ދިވެހި އުންމަތުގެ ދުޅަހެޔޮކަން ކަށަވަރުވާނޭފަދައިން ރައީސް ޑރ. މުޢިއްޒު އަޅުއްވާފައިވާ ހިތްވަރުގަދަ ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން މަޠީން ވިދާޅުވީ މިކަމުގެ ސަބަބުން މި ޤައުމުގެ މިހާރާއި އަންނަން އޮތް ޖީލުތަކަށް ނުހަނު ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށާއި، ދުމާއި ދުންފަތާ މަސްތުވާތަކެތީގެ ވަބާއިން ޒުވާން ޖީލު ސަލާމަތްކުރުމަށް މަގުފަހިވާނެ ކަމަށެވެ. "މިކަމާދެކޮޅަށް މަގުމައްޗަށް ނިކުމެ އަޑުއުފުލާނީ ދިވެހި މުޖުތަމަޢު އިސްލާހު ކުރަން ބޭނުންނުވާ ބަޔަކު. ދިވެހީންނަށް ހެވެއް ނޭދޭ ބަޔަކު"، މަޠީން ވިދާޅުވިއެވެ. މަޠީން ވިދާޅުވީ އެކި ބާވަތުގެ މައްސަލަތައް ފުނިޖެހިފައިވާ މި މުޖުތަމަޢު މައްސަލަތަކުން އަރައިގަނެ ހިންދެމިލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އަޅާ މިފަދަ ހަރުދަނާ ފިޔަވަޅުތަކަށް އެއްބާރުލުން ނުދޭ ބަޔަކަށް ރައްޔިތުންގެ ތާއީދު ދޭކަށް ނުޖެހޭ ކަމަށެވެ. އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކުރާ ބިލު ރައީސް ތަސްދީޤުކުރެއްވީ 14 ނޮވެންބަރު 2024 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު