Saturday, October 31
ވެރިކަމުގެ ދަހިވެތިކަމުގައި އެމްޑީޕީ މިއަދު ވެއްޓިފައިވާ ދަށު ދަރަޖަ ރައްޔިތުންނަށް ހާމަވެގެންދޭ: ޝަކީލް

ވެރިކަމުގެ ދަހިވެތިކަމުގައި އެއްވެސް ކުށެއް ނެތް މައުސޫމް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު، އެމްޑީޕީ މިއަދު ވެއްޓިފައިވާ ދަށު ދަރަޖަ ރައްޔިތުންނަށް ހާމަވެގެންދާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ސިޔާސީ ބޭނުމުގައިވެސް އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައިވެސް ކުޑަކުދިންގެ ކަރާމާތަށް މިގޮތަށް އަރައިގަންނަން ފުރުސަތު ދެވިގެން ނުވާނެ" ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝަކީލް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީން އިސްވެއޮވެ ހިންގަމުންދާ މިފަދަ ނާތަހުޒީބު ޢަމަލުތަކަކީ ކުށްވެރިކުރަންޖެހޭ ކަންތައްތަކެކެވެ. އަދި މިފަދަ ޢަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ ކޮންމެ މުޖުތަމައެއްގެވެސް އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ބަލައިގަނެވިފައިވާ ކަމެއް ކަމަށާއި، މިފަދަ ނާޒުކު މައްސަލަތަކުގައި ސިޔާސީ ބޭނުންތަކަށް ކުޑަކުދިން ބޭނުންކުރުމަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމެއް ކަމުގައި ޝަކީލް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު