Saturday, October 31
އޮޅުވާލައިގެން ފަގީރުންގެ ދަފްތަރުގައި ޖެހިފައިވާ ނަމަ ހައްޖުގެ ފުރުޞަތު ގެއްލޭނެ: މިނިސްޓަރ

އޮޅުވާލައިގެން ފަގީރުންގެ ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުޞަތު ގެއްލޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެޚަރަދުގައި ހައްޖަށް ދާން ފަޤީރުންގެ ދަފްތަރުން ގުރުއަތުން ހޮވޭ ފަރާތްތައް ޙައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ޙާލަތު ބަލާ ފަޤީރުންގެ ޝަރުޠަށް ފެތޭކަން ކަށަވަރުކޮށްފައި ކަމަށެވެ.

'"ސަރުކާރުގެޚަރަދުގައި ހައްޖަށް ދާން ފަޤީރުންގެ ދަފްތަރުން ގުރުއަތުން ހޮވޭ ފަރާތްތައް ޙައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ޙާލަތު ބަލާފައި. ފަޤީރުންގެ ޝަރުޠަށް ފެތޭކަން ކަށަވަރުކޮށްފަ. އޮޅުވާލައިގެން ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުޞަތު ގެއްލޭނެ"' މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދުގައި 1446 ވަނަ އަހަރު ހައްޖަށް ގެންދާނެ ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން މިމަހުގެ އެގާރަ ވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.

ގުރުއަތުން މިއަހަރު ހައްޖަށް ފޮނުވުމަށް 50 މީހުން ވަނީ ނަގާފައެވެ. އިސްލާމިކް މިނިސްޓްރީން ހައްޖަށް ގެންދާނެ މީހުން ގުރުއަތުލަނީ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.   ފަންސާސް މީހުން ގުރުއަތުން ނަގާފައިވާއިރު، މީހުންގެ ތެރެއިން އެއްވެސް ހާލަތެއް މެދުވެރިވެގެން ހައްޖަށް ނުދެވޭނަމަ، ގެންދާނެ މީހުން ކަނޑައެޅުމަށް ވެސް ވަނީ 10 މީހުންގެ ނަން ގުރުއަތުން ނަގާ އިއުލާންކޮށްފައެވެ.

ގުރުއަތު ނަގާފައިވަނީ ފަގީރުންގެ ގޮތުގައި ލިސްޓްކޮށްފައިވާ 302 މީހުންގެ ތެރެއިންނެވެ.

މިދިޔަ އަހަރުވެސް 50 ފަގީރުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވުނެވެ.

ރިޔާސީ 5 އަހަރުގެ ދައުރުގެ ތެރޭގައި 1000 ފަގީރުންނަށް ހިލޭ ޙައްޖަށް ދެވޭނެގޮތް ހަމަޖެއްސެވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ސައޫދީ އަރަބިޔާއިން މިހަރު ރާއްޖެއަށް ދީފައިވަނީ 1000 ކޯޓާއެވެ. އޭގެ ތެރެއިން 50 ކޯޓާ އަބަދުވެސް އިސްލާމިކް މިނިސްޓްރީ އަށް އޮންނަނީ ރިޒާވްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު