Saturday, November 14
ޑެޕިއުޓީ ގަވަރނަރ އިމާދު ވަކިކުރަން މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅައިފި

ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަކިކުރަން މާލިއްޔަތު ކޮމިޓީއަށް މިއަދު ހުށަހަޅައިފި

މޯލްޑިވްސް މނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ ) ގެ ޑެޕިއުޓީ ގަވަރނަރ އަހްމަދު އިމާދު އެމަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް މިއަދު ހުށަހަޅައިފިއެވެ.

މާލިއްޔަތު ކޮމިޓީއަށް ޑެޕިއުޓީ ގަވަރުނަރުކަމުން އަހުމަދު އިމާދު ވަކިކުރަން ރައީސް އަށް ލަފާދޭން ހުށަހެޅީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. މި ހުށަހެޅުމަށް ތާޢީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ.

ކޮމެޓީން ވަނީ އެ މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ހުށަހެޅުމަށް ފާސްކޮށްފައެވެ.

ދިއްދޫ ދާއިރާގެ މެމްބަރު ލަތީފު ކޮމިޓީއަށް ފޮނުއްވި ސިޓީގައި އިމާދު ވަކިކުރުމަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ގައުުމުގެ އިގްތިސާދު ނިކަމެތިވެގެން ދިޔައިިރު އެމްއެމްއޭގެ ގާނޫނުގައި ބުނާ މަގްސަދުތައް ހާސިލުކުރުމަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު