Saturday, November 14
މެލޭޝިޔާ ހައިކޮމިޝަނުން ޤުރުއާން މުބާރާތް ބާއްވައިފި

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ.

އިޤްރައުލް ޤުރްއާން 1446 ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ ރަމަޟާން މަހަށް ހާއްޞަކޮށްގެން މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ކޮންމެ ރަމަޟާން މަހަކު މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދީންނަށް އަމާޒުކޮށްގެން ބާއްވަމުންއަންނަ މުބާރާތެކެވެ. މި މުބާރާތުގައި އެކި އުމުރު ފުރާއިން ޖުމްލަ 32 ކުދީން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ މަޤްސަދަކީ، މެލޭޝިޔާގައި ދިރިއުޅޭ ކުދީންގެ ހިތްތަކުގައި ކީރިތި ޤުރުއާނާ މެދު ލޯބި އުފައްދާ، ތަޖުވީދުމަގުން ޤުރުއާން ކިޔެވުމަށް ބާރުއަޅައި، ދިރިއުޅުމުގައި ޤުރުއާނުގެ މުހިންމުކަން އަންގައިދީ ހަނދާންކޮށްދިނުމެވެ.

މި މުބާރާތުގައި، ފަލާޙް ޕްރީސްކޫލްގެ ޕްރިންސިޕަލް، އަލްޤާރީ އަލްހާފިޒު އަބްދުއްސައްތާރު އަބޫބަކުރު ކުދީންނާ މުޚާތަބްކުރައްވައި ރަނގަޅު ގޮތަށް، ތަޖުވީދު މަގުން ޤުރުއާން ކިޔެވުމުގެ މުހިންމު ކަމާބެހޭގޮތުން ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު