Saturday, October 31
ހާފިޒު ސަނަދު ލެވެލް 4 ގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

ހާފިޒު ކަމުގެ ސަނަދު ޤައުމީ އޮނިގަނޑުގެ ލެވެލް 4 ގެ ގޮތުގައި ބަލައިގަންނަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ނިންމައިފިއެވެ.

ޙާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމަށް ނިންމާ އެ އޮތޯރޓީން ވަނީ އެކަން އާއްމުކޮށްފައެވެ. އެގޮތުން ޙާފިޘުކަމުގެ ސަނަދު ލެވެލް 4ގެ ސަނަދެއްގެ ގޮތުގައި ބަލައިގަތުމަށް 2 ޝަރުތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ލޯވަރ ސެކަންޑަރީ ސެޓްފިކެޓް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް ލެވެލް 3ގެ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވާންޖެހެއެވެ. އަދި 18 އަހަރު ފުރިހަމަވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް ލެވެލް 3ގެ ކޮލިފިކޭޝަނެއް ހާސިލުކުރަންޖެއެވެ.

ޙާފިޒުންނަށް ދޭ ސަނަދު އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމަށް މިދިޔަ އަހަރު  އިސްލާމިކް މިނިސްޓްރީ އާއި އެމްކިޔުއޭއާއެކު ވަނީ މަޝްވަރާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު