އައްޑޫ ސިޓީގެ ހުރިހާ ޖަނަރޭޓަރެއްގެ ސްޕެއަރ ޕާރޓްސް މިހާރު އައްޑޫ އަށް ގެނެވިފައިވާ ކަމަށާއި އައްޑޫގެ ކަނަރަންޓެގެ ހާލަތު ރަނަގޅު ކުރުމަށް ރެއާއި ދުވާލު ކެންޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވެއްޖެއެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މީޑިއާތަކަށް ވިދާޅުވީ އެއަތައް ޒަމާނެއްސުރެން ނެހެދި އިން ބޭނުން ނުކުރާ އެއް ޖަނަރޭޓަރެއްގެވެސް ސްޕެއަރ ޕާރޓްސް ހޯދައިގެން މިހާރު މަރާމާތުކޮށް މިއަދު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އޭގެ އިތުރުން ވެސް ދެ ޖަނަރޭޓަރ މަރާމާތުކުރުމަށްވެސް ސްޕެއަރ ހޯދާ އެ ދެ ޖަނަރޭޓަރ މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ކެނޑިނޭޅި މުވައްޒަފުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޓާރގެޓް މިކުރަނީ ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި މިހާރު މަރާމާތުކުރެވެން ހުރި ޖުމުލަ ފަސް ޖަނަރޭޓަރ މަރާމާތުކޮށް ނިންމާ އައްޑޫ އަށް ކަރަންޓް ދެވޭނެ ގޮތެއް ހެދުން" ނަޖާހު ވިދާޅުވިއެވެ.
މިވަގު އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރަމަޟާން މަހު ކަރަންޓް ނުކަނޑާ ޚިދުމަތް ދެވޭނެ ގޮތެއް ހޯދުން ކަމަށް އެމްޑީ ވިދާޅުވިއެވެ. އެގޮތުން އިތުރު ޖަނަރޭތަރެއް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި އެގޮތުން މާދަމާ ނުވަތަ އެންމެ ލަސްވެގެން އޭގެ އަނެއްދުވަހު އެ ބޯޓަށްލާ ފުރުވާލެވޭނެ ކަމަށް އެމްޑީ ނަޖާހު ވިދާޅުވިއެވެ.
އެ ޖަނަރޭޓަރ ގެނެވުމުން މި ރަމަޟާންމަހު ކަރަންޓް ނުކަނޑާ ޚިދުމަތް ދެވޭނެ ކަން އެމްޑީ ފާހަގަކުރެއްވިއެވެ.
އައްޑޫ އިން މި ރޯދަމަހުވެސް އިންޖީނުތައް މަރާމާތުކުރުމަށް ކަރަންޓް ކަނަޑަންޖެހެއެވެ. މިއަދުވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކަނޑަންޖެހުނެއެވެ.
ފެނަކައިން ބުނަނީ އައްޑޫގައި ކަރަންޓގެ މައްސަލަ ދިމާވަނީ ޒަމާންތަކެއްވަންދެން އިންޖީނު މަރާމާތުނުކުރުމުގެ ސަބަބުން މައްސަލަ ދިމާވެގެން ކަމަށެވެ.
މި ލިޔުން ކިޔާލުމުން