Saturday, October 31
އޮޅުހިޔާގައި ދެ ހަފްތާތެރޭ މެޑިކަލް އަދި ވެޓް ކެއަރ ފެސިލިޓީގެ މަސައްކަތް ފެށޭނެ: ޑރ. މާރިޔާ
މަގުމަތީގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ޤާއިމްކުރި "އޮޅުހިޔާ"ގެ މެޑިކަލް އަދި ވެޓް ކެއަރ ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ފެށޭނެކަމަށް ދިރޭތަކެއްޗާ ބެހޭ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެވެ. މިނިސްޓަރ މިހެން ވިދާޅުވީ އޮޅުހިޔާ" ފެސިލިޓީއަށް މިހާރު ރޭވިފައިވާ ޕްލޭންތަކާ ބެހޭގޮތުން ދެއްވި ވިޑިއޯ މެސެޖެއްގައި ވާހަކަފުޅުދައްކަމުންނެވެ. "އޮޅުހިޔާ"އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ޤާއިމްކޮށްފައިވާ ތަނެކެވެ. ޑރ. މާރިޔާ ވިދާޅުވީ، ބުޅާ ފެސިލިޓީއަށް ބުޅާތައް ނެގިގެންދަނީ ވަކި ބައިބަޔައްކަމަށެވެ. ބުޅާތަކަށް ދޭންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މެޑިކަލް ފެސިލިޓީއާއި ޑޮކްޓަރ ފެސިލިޓީ އަދި ވެޓް ކެއަރ ފެސިލިޓީގެ ޙިދުމަތް ފެށުމަށް ތައްޔާރުވަމުދާކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މީގެ ތެރެއިން މެޑިކަލް ފެސިލިޓީއާއި ވެޓް ކެއަރ ފެސިލިޓީގެ ޚިދުމަތް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ފެށިގެން ދާނެކަމަށެވެ. "އަޅުގަނޑުމެންނަށް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ވެޓް ކެއަރ ފެސިލިޓީ އަދި މެޑިކަލް ފެސިލިޓީގެ ޚިދުމަތް ފަށައިގަނެވޭނެ. އޭގެ ފަހުން ހަމަ މަޑު މަޑުން މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެނެސް ދޭން ޖެހޭ ޚިދުމަތް ދެމުން ދާނަން" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ބުޅާ ދެކެ ލޯބިފާ ފަރާތްތަކާއި، އެންޖީއޯ ތަކުން ވޮލަންޓިއަރު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އޮތްކަން އަންގާ އެފަރާތްތަކުން މި މަސައްކަތުގައި އެއްބާރުލުން ދިނުމަށް އެދިފައެވެ. މިނިސްޓްރީގެ ބެލުމުގެ ދަށަށް "އޮޅު ހިޔާ" ފެސިލިޓީއާ ހަވާލުވެވުނުތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި، އެ ވުޒާރާގެ ޓީމުން ވަނީ އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް ބުޅާތައް ގެންދަން ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު