Saturday, October 31
ސަލްޓަން ޕާކު އަލުން ތަރައްގީ ކުރަނީ

އާ ކުޅިވަރުތައް ކުޅެވޭގޮތަށް  ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ރޭ އިއްޒުއްދީން ފާލަން އަލުން މަރާމާތު ކުރުމަށް ފަހު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަލްޓަންޕާކް އޮތީ ވަރަށް  ބޮޑަށް ވީރާނާވެފައި ކަމަށާއި އެތަނާއި ސަރުކާރުން މިހާރު ހަވާލުވެފައިވާ ކަމަށެވެ. އެތަން ކުރިން ބެލެހެއްޓީ ސިޓީ ކައުންސިލުންނެވެ.

ރައީސް ވިދާޅުވީ އެތަން ތަރައްޤީ ކުރާނީ ދިވެހި ވަންތަކޮށް ރާއްޖޭގެ ތާރީޚް ދައްކުވައިދޭގޮތަށް ކަމަށެވެ. އަދި ޓޭކްނޮލޮޖީ ގެ އެހީތެރިކަމާއި އެކު ޅަ ކުދިންނަށް އެފަދަ ކަންކަން ދަސްކުރެވޭ ތަނެއްގެ ގޮތުގައި އެތަން ތަރައްގީ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެތަނަކީ ހިތް ފަސޭހަ ކޮށް ތިބެވޭނެ ތަނެއްގެ އިތުރުން ބޯވލިންގ ބަދަ ކުޅިވަރުތައް އެތަނުގައި ކުޅެވޭނެ އިންތިޒާމްވެސް އެތަން ތަރައްޤީކުރާއިރު ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ސަލްޓަންޕާކް ހެދޭނެ ކަމަށާއި އެތަން ނިމޭއިރު އެއީ އެންމެ ހިތް ފަސޭހަ އެއްތަނަށް ވެގެންދާނެ ކަމށް އެމަނިކުފާނު ވިދާޅުވިއެވެ.ސަލްޓަން ޕާކު ތަރައްޤީކުރައްވާނީ، ބަވަނަވަމުންދާ ދުނިޔޭގެ ޒަމާނީ ފަންނިއްޔާތު ބޭނުންކޮށްގެން އަދުގެ ޖީލަށް ޝަޢުޤުވެރިކުރަނިވި ގޮތެއްގައި ރާއްޖޭގެ ތާރީޚު ދަސްވާނޭ ގޮތަކަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.  

ސަލްޓަންޕާކް އެންމެ ފަހުން ތަރައްޤީކުރީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. އޭރު އެތަނުގައި ސްނޯވް ޕާރކެއްވެސް ގާއިމްކުރިއެވެ. ނަމަވެސް ފަހުން އެތަން ބޭނުންނުކުރެއެވެ. އޭރު އެތަން ހުޅުވީ ރަސްރަނި ބަގީޗާ ގެ ނަމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު