ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ރީނދޫ ސަމާލު ނެރެފިއެވެ.
އެކްސްގައި ހިއްސާ ކުރި ޕޯސްޓުގައި މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ވ އަތޮޅުން ފެށިގެން ލ. އަތޮޅަށް މިރޭ 18:30 އިން ފެށިގެން 22:30 އަށެވެ.
މި ސަރަހައްދަށް މި ވަގުތުގައި ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެން ވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
Alert yellow for torrential rain pic.twitter.com/lK4TXdKghL
— Maldives Meteorology (@MetMaldives) February 27, 2025
އަދި މިވަގުތުގައި ކަނޑުތަށް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން