Saturday, October 31
މިނިސްޓަރ ދަނޑުވެރިންގެ ކަންބޮޑުވުން އަޑު އައްސަވައިފި

ދަނޑުވެރިކަމާއި ބެހޭ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ދަތުރުވެރިންގެ މާރުކޭޓަށް ވަޑައިގެން ދަނޑުވެރިންގެ ކަންބޮޑުވުން އަޑުއައްސަވައިފިއެވެ.

މިނިސްޓަރ ގެ މިޒިޔާރަތުގައި ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި ދަންޑުވެރިން އުފައްދާ ތަކެތި ހުރީ ކިހާމިންވަރަކަށްތޯ ވަނީ ބައްލަވާފައެވެ. އަދި އެތަކެތި މާރުކޭޓަށް ގެނައުމުގެ ކަންކަން ކުރިޔަށްދާގޮތްވެސް ވަނީ އޮޅުންފިލުވާފައެވެ.

ވަޒީރުގެ މި ޒިޔާރަތުގައި މާރުކޭޓްގައި ތަކެތި ވިއްކުމަށް ތިބި ބައެއް ދަނޑުވެރިންނާއި، ދިވެހި ދަނދުވެރިން އުފައްދާ ތަކެތި މާލެ ގެނެސް މާރުކެޓްގައި ވިއްކާ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާ، އެފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ އަޑު އައްސަވާފައެވެ. އަދި ދިވެހި ދަނޑުތަކުގައި އުފައްދާ ތަކެތި މާކެޓްކުރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އެފަރާތްތަކުގެ މަޝްވަރާ އާއި ޙިޔާލުތައްވެސް އަޑު އައްސަވާފައިވާ ކަމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން މައުލޫމާތުދެއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމާއި، ޤައުމުގައި ކާބޯތަކެތީގެ ޔަޤީކަން ކަށަވަރުކުރުމަކީ މި އެ މިނިސްޓްރީގެ އެއް އަމާޒެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު