Saturday, October 31
ކޮތަރުތަކުން އިންސާނުންގެ ސިއްޙަތަށް ނުރައްކަލެއް އަދި ފާހަގަނުކުރެވޭ: އެޗްޕީއޭ

މާލޭގެ އެކި ތަންތަނުން ކޮތަރުތައް ބަލިވެ، މަރުވާ ސަބަބު ދެނެގަތުމަށް ކުރެވުނު މަސައްކަތުން މިހާތަނަށް ބެލިބެލުމުން އިންސާނުންގެ ސިއްޙަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ ) އިން  ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ބެލިބެލުމުން އެފަދަ ކޮތަރުތަކުގެ ސަބަބުން އިންސާނުންގެ ސިއްޙަތަށް ނުރައްކަލެއް ފާހަގަނުވި ނަމަވެސް އެންމެ ރައްކާތެރި ގޮތަކީ މިގޮތަށް ފާހަގަކުރެވޭ ދޫނި ނުވަތަ ޖަނަވާރުންނާ ގާތް ނުވުން ކަމަށެވެ.

މާލޭގެ އެކި ސަރަޙައްދުތަކުން ބަލިވެފައިވާ ކޮތަރުތަކާއި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާތީ، ކޮތަރުތަކުގެ ސާމްޕަލްތައް ނަގާ ތަހުލީލުކުރުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު