Saturday, October 31
ބީއެމްއެލް ކުޑަހުވަދޫ ގޮފީގެ އައު އިމާރާތުގެ ބިންގާ އަޅައިފި
ބޭންކް އޮފް މޯލްޑިވްސްގެ ކުޑަހުވަދޫ ބުރާންޗްގެ ބިންގާ މިއަދު އަޅައިފިއެވެ. އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ދ އަތޮޅަށް މިއަދު ފެއްޓެވި ދަތރުފުޅުގައި ކުޑަހުވަދޫ އަށް ވަޑައިގެންނެވެ. އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ  މުޙައްމަދު ޝަރީފު އަދި ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން އެރަށުގެ ކުދި ބޮޑު ގިނަ އަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު