Saturday, October 31
ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ %88 ނިމިއްޖެ

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯން ތަރައްގީ ކުރުމުގެ މަޝްރޫއުގެ %88 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓީސީސީއިން އެކްސްގައި ހިއްސާ ކުރި ޕޯސްޓުގައި ބުނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ %77 މަސައްކަތާއި، އެއްގަމު ތޮށި ޖެހުމުގެ މަސައްކަތުގެ %96 މަސައްކަތް ވަނީ ނިމިފައި ކަމަށެވެ.

އަދި، ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތުގެ ވެސް %65 ވަނީ ނިމިފައި ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

https://twitter.com/MTCCPlc/status/1891086202524307539

އެމްޓީސީސީން މި މަޝްރޫއުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރެވެ. އެމްޓީސީސީއާ ޕްލޭނިން މިނިސްޓްރީން ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 125.2 މިލިއަން ރުފިޔާއެވެ.

މި މަސައްކަތް ނިންމުމަށް ދީފައިވަނީ 660 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫއުގެ ދަށުން ހިއްކާ ސަރަހައްދު ބޭނުންކުރެވޭނީ ސިނާއީ މަސައްކަތްތަކަށް ޚާއްސަކުރެވިފައިވާ އަވަށެއްގެ ގޮތުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު