Saturday, October 31
ހުއިފިލަނޑާ އަދި ފާނަ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ޗައިނާގެ ފުޖިއާން ރިސާރޗް އިންސްޓިޓިއުޓާ ގުޅިގެން ފިޝަރީސް މިނިސްޓްރީން ފާނައާއި ހުއިފިލަނޑާ އާލާކުރުމަށް އަމާޒުކޮށްގެން ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ފިޝަރީސް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކ. މަނިޔަފުށީގައި ހިންގާ މި ޕްރޮގްރާމްގައި ފާނައާއި ހުއިފިލަނޑާ ދިރުވައި އާލާކުރުމުގެ އިތުރުން، މި ދެ ބާވަތަށް ކާންދިނުމާއި ބެލެހެއްޓުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

މި ޕްރޮގޮރާމްގެ މައިގަނޑު މަގްސަދަކީ ހުއިފިލަނޑާގެ މަސްވެރިކަން ދަށަށް ދިއުމާ ގުޅިގެން، މި ދެ ބާވަތް އާލާކުރުމަށް ބޭނުންވާ ފަންނީ ހުނަރުތައް ދަސްކޮށްދިނުން ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ޗައިނާގެ ފުޖިއާން ރިސާރޗް އިންސްޓިޓިއުޓްގެ 6 ޕްރޮފެސަރުން މި ތަމްރީނު ކުރިއަށްގެންދާއިރު، ފިޝަރީސް މިނިސްޓްރީން 20 މުވައްޒަފުން މި ތަމްރީނުގައި ބައިވެރިވެއެވެ.

ހަތް ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި ތަމްރީނަކީ ޗައިނާއާއެކު ފިޝަރީސް މިނިސްޓްރީން ހިންގާ މިބާވަތުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު