ރަމަޟާން މަހަށް މާލެ ސާފުކުރުމަށް މަގުމަތީގައި ހުންނަ ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ބަރަކާތްތެރި ރަމަޟާން މަހަށް މާލެ ސިޓީ ސާފުކުރުމުގެ ތެރެއިން ބޭނުންނުކޮށް މަގުމަތީ ބަހައްޓާފަައި ހުންނަ ގިނަ ދުވަސްވެ ބާވެފައިވާ އުޅަނދުތައް ނަގަމުންދާ ކަމަށެވެ.
ރޯދައަށް މާލެ ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް މިއަދު ދަނީ ކުރިއަށެވެ. އެގޮތުން "އީގަލްސް ކޮމިއުނިޓީ- އެންމެން އެކުގައި ސާފުކުރަމާ" ގެ ނަމުގައި މާފަންނު ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާއިރު "ރޯދަ ސާފު"ގެ ނަމުގައި މާލެ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ވެސް މިއަދު އެބަ ކުރިއަށް ދެއެވެ.
https://twitter.com/MaleCitymv/status/1890653542316216391
އެ ދެ ހަރަކާތުގައި ވެސް މާލެ ސިޓީ ކައުންސިލުން ބައިވެރިވެއެވެ.






