ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމް ކުރާ ޢުމްރާ ދަތުރުގެ ބައިވެރިން ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރުގައި އެމްއެންޔޫ، އައިޔޫއެމްގެ ޔޫނިއަން، ސީއެޗްސީ، ވިލާ ކޮލެޖް، ޒިކުރާ ކޮލެޖް، އަހުމަދިއްޔާ ސްކޫލު، ހިރާ ސްކޫލު އަދި ޒުވާން ހަތީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވާ ކަމަށެވެ.
އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މި ދަތުރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި ޕްރޮގްރާމެއްގެ ދަށުން ހިންގޭ ދަތުރެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މި ޕްރޮގްރާމް ފެށޭނީ 14 ފެބްރުއަރީގައި ކަމަށްވާއިރު، އެއް ހަފްތާގެ މުއްދަތަށް، 21 ފެބްރުއަރީގެ ނިޔަލަށް މި ދަތުރު ކުރިއަށްދާނެއެވެ.
މިދަތުރުގައި އިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން، މައްކާއާއި މަދީނާގެ ޚާއްޞަ ތަންތަނަށް ޒިޔާރަތްކުރުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން