Saturday, October 31
މެޒޯ މޯޑަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ހިއްސާދާރެއް: ނަޝީދު

މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) އަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ހިއްސާދާރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުއްލި ގޮތަކަށް މެޒޯ މޯޑް ނިޔާވުމާ ގުޅިގެން ނަޝީދު އެކްސްގައި ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެޒޯ މޯޑަކީ އެންމެ ގާތް ރަހްމަތްތެރިންގެ ތެރެއިން އެކެއް ކަމަށާއި، އެމަނިކުފާނުގެ އާންމު މަސައްކަތުގެ ބޮޑު ބައިވެރިއެއް ކަމަށެވެ.

"ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ހިއްސާދާރެކެވެ. މުހައްމަދަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވަވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި،" ނަޝީދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedNasheed/status/1889662727791976798

މެޒޯ މުޙަންމަދު، 59، މިޔުޒިކްގެ ދާއިރާއަށް ފުރަތަމަ ނިކުތީ 1977 ވަނަ އަހަރު ކްލަބް ކޯބްރާސްއިންނެވެ. ރާއްޖޭގެ މިޔުޒިކްގެ ދާއިރާއަށް އޭނާ ވަނީ ފާހަގަކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދީފަ އެވެ.

އެގޮތުން ދިވެހި އަމިއްލަ އުފެއްދުންތަކަށް ދިވެހިންގެ ޝައުޤުވެރިކަން އުފެދެމުން އައި ދުވަސްވަރެއްގައި، އޭނާގެ އަމިއްލަ އުފެއްދުންތަކެއް އުފައްދައި، އެފަދަ އުފެއްދުންތަކުގެ މަގްބޫލުކަން އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެ އެވެ.

މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕަ މެޒޯ މޯޑް، ނިޔާވީ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު