Saturday, October 31
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް މިރޭ ދަންވަރު ބުރޫއަރާފާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދެމުންގެންދާ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް މިރޭ ދަންވަރު ބުރޫއަރާފާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިރޭ ދަންވަރު ދޭކުން ތިންގަޑި ބަޔަށް މެއިންޓެނެންސްގެ މަސައްކަތްތަކެއް ކުރަމުންދާތީ އިންޓަނެޓް ބޭންކިންގެ ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށެވެ.

އެހެންނަމަވެސް އޭޓީއެމް، ޕީއޯއެސް މެޝިން، ޕޭމަންޓް ގޭޓްވޭ، ކާޑު ގެ ހިދުމަތް އަދި ޑޮލަރު ބުކިން ޕޯޓަލް ފަދަ އެހެން ހުރިހާ ހިދުމަތެއް މި ވަގުތު ތަކުގައި ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.

https://twitter.com/bankofmaldives/status/1889347006906483163

އަދި އެވަގުތުތަކުގައި ހިދުމަތަށް ބޫރު އަރާފާނެތީ ބީއެމްއެލްއިން ވަނީ އެކަމަށް މާފަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު