Saturday, October 31
ދިރާސީ އަހަރަށް ސްކޫލު ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފި

ދިރާސީ އަހަރަށް ސްކޫލު ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 06 މާރިޗް 2025 ގެ ނިޔަލަށެވެ.

މިނިސްޓްރީނަ ބުނީ ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން، އެކަށީގެންވާ ވަގުތު އޮއްވާ ދަރިވަރުން ސްކޫލުތަކަށް ވެއްދުމުގެ މަސައްކަތް މިނިސްޓްރީން ގެންދަނީ ދުރާލާ ކުރަމުން ކަމަށެވެ.

އަދި ދަރިވަރުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުވުމަށް އެދޭނަމަ، "ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށް އެދޭ ފޯމު" ބެލެނިވެރިޔާ ހުށަހަޅަންޖެހޭނީ މިހާރު ދަރިވަރު ތަޢުލީމު ޙާޞިލުކުރަމުން އަންނަ ސްކޫލަށް ކަމަށާއި، މި ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކާއި ފިތުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު ކަމަށްވާތީ، ރަމަޟާން މަހުގެ 15 ވަނަ (15 މާރިޗު 2025) ދުވަހުގެ ކުރިން ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅުން ހުރި ހުރިހާ މަސައްކަތެއް ނިންމުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މީގެ އިތުރުން، މި ދުވަސްވަރަކީ ދަރިވަރުންގެ އިމްތިޙާނާއި އެސެސްމެންޓްތައް އަދި ދަރިވަރުންގެ ރިޕޯޓް ފޯމު ތައްޔާރުކުރާ ދުވަސްވަރަށްވުމުން، މި ހިނގާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ބާކީ ދުވަސްކޮޅުގެ ތެރޭގައި ދަރިވަރުން އެއްރަށެއްގެ ސްކޫލުން އަނެއް ރަށުގެ ސްކޫލަށް ބަދަލުވުމުގެ ކަންތައްތައް ކުރިއަށް ނުގެންދާނެކަން ވަނީ ސްކޫލުތަކަށް އަންގާފަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް އެއްރަށުން އަނެއްރަށަށް ބަދަލުވާ ދަރިވަރުން ސްކޫލު ބަދަލުކުރުމަށް އެދުމުގެ ސުންގަޑި އަކީ 06 މާރިޗް 2025 ގެ މެނދުރު 2:00 އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު